ޣައްޒާ އާއި ލުބުނާނަށް ހަމަލާދިނުން ނުހުއްޓާނަމަ ސުލްހައިގެ އެއްބަސްވުން ރޫޅާލަން ޖެހިދާނެ: އީރާން
ފަލަސްތީނުގެ ޣައްޒާއަށާއި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ނުހުއްްޓާއިފިނަމަ އެމެރިކާ އަދި އިޒްރޭލާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅާލަން ޖެހިދާނެކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ ތިން ފަރާތް ހިމެނޭ ހަނގުރާމަ ހުއްްޓާލުމުގެ އެއްބަސްވުމާއި އެއްބަސްވުމުގެ އެއް ބައިވެރިން ޚިލާފުވިޔަސް މުޅި އެއްބަސްވުން ބާތިލުވާނެ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ މި ބަސްފުޅާއެކު މެދުއިރުމަތީގެ ސުލްހަ ދެމެހެއްްޓުމަށް އީރާނުން އެމެރިކާއާއި އެކު ނުސީދާ ގޮތެއްގައި ކުރަމުންދާ މަޝްވަރާތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު މިވަނީ ހީވާން ފަށާފައެވެ.
އީރާނުގެ ވާހަކަތައް މިފަދައިން ހުރި ކަމުގައި ވިޔަސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެގައުމުގެ ދެމެދުގައި ކުރެވެމުންދާ މަޝްވަރާތައް އެއްވެސް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާކަމަށް ބުނެފައެވެ.






ރިއެކްޓް