ދުނިޔެ

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު

8 ޖޫން 2026 - 09:45
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު
ފޮޓޯ: އޭއެފްޕީ

ރޭގެ ވަގުތެއްގައި ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުންތަކަކާއި ގުޅިގެން އެކި އިދާރާތަކުން ސުނާމީގެ އިންޒާރު ނެރެފިއެވެ.

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނައުއަކީ އަށް އައި 7.7 މެގްނިޓިއުޑް ބާރުމިނުގެ މި ބިންހެލުމާއި ގުޅިގެން އޭޝިއާގެ އެކި ސަރަހައްދުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

މި ބިންހެލުމާއި އެކު އިތުރު ތިން ލޮޅުމެއްވެސް އެ ސަރަހައްދަށް އައިސްފައިވާއިރު މިންޑަނައުގެ ބޮޑު ބަޔަކަށް ވަނީ މީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.

ފިލިޕީންސަކީ ރާއްޖެއާއި ކަނޑުގެ ގޮތުން ގުޅިފައިވާ ގައުމެއް ނަމަވެސް ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0