ހޮރްމޫޒް ކަނޑުއޮޅި އަނެއްކާވެސް ބަންދު ކޮށްފި
އިޒްރާއީލުން ލުބުނާނަށް ދިން ހަމަލާތަކެއްގައި 32 މީހުން މަރުވުމާ ގުޅިގެން، އީރާނުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހަރްމޫޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފިއެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން ޕާކިސްތާނުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ޑީލްގެ ޓެކްނިކަލް ވާހަކަތައް ކުރިއަށް އޮތް އާދީއްތަ ދުވަހު ސްވިޒަލޭންޑްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުހިންމު ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވީ "އީރާނުން ބޭނުންވަނީ އެމެރިކާއާއެކު މަޝްވަރާކޮށްގެން ކުރިއަށް ދާން" ކަމަށެވެ.
ނަމަވެސް، އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމެރިކާއާއެކު ކުރިޔަށް ދާން އިޒްރާއީލުން ހިންގަމުންދާ ނޭއްގާނީ އަމަލުތައް ހުއްޓުވަން ޖެހޭނެއެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.
މި ސަރަހައްދުގެ މަސްލަހަތު ހަމައަކަށް އެޅުވުމަށްޓަކައި ސްވިޒަލޭންޑްގައި ބޭއްވޭ ބައްދަލުވުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.






ރިއެކްޓް