ދުނިޔެ

އަހަންނަކީ ގާތިލެއް ނަމަ އެއްވެސް ނޫސްވެރިއެއް މިހާރު ދުނިޔޭގައި ނުހުންނާނެ: މަސްކު

16 ޖޫން 2026 - 18:45
އަހަންނަކީ ގާތިލެއް ނަމަ އެއްވެސް ނޫސްވެރިއެއް މިހާރު ދުނިޔޭގައި ނުހުންނާނެ: މަސްކު

އީލޮން މަސްކް 'ދަ ވާޖް' ގެ ނޫސްވެރިންނާ ބެހޭގޮތުން ކުރެއްވި ކޮމެންޓަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް އެކްސް (ކުރީގެ ޓްވިޓާ) ގައި ރައްދުދެއްވައިފިއެވެ.

މަސްކް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާއަކީ "ގާތިލެއް" ނަމަ، އެ ނޫސްވެރިން "މާ ކުރިންވެސް މަރުވެފައިވާނެ" ކަމަށެވެ.

މަސްކު މި ކޮމެންޓް ކުރެއްވީ "އެކްސް" ގެ ކޮންޓެންޓް މޮޑަރޭޝަން މަސްކް ގެންގުޅުއްވާ ގޮތާމެދު އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

'ދަ ވާޖް' ގެ އެޑިޓަރ-އިން-ޗީފް ނިލޭ ޕަޓޭލް ވަނީ މަސްކްގެ ޕޯސްޓަށް މަޖާ ގޮތަކަށް ރައްދުދީ، އެ ނޫހުގެ ނަން ފާހަގަކުރެއްވީތީ ޝުކުރު އަދާކޮށް، އެ ނޫހުގެ ރިޕޯޓުގެ ލިންކެއް ހިއްސާކޮށްފައެވެ. ފަހުން 'ގިޒްމޯޑޯ' އަށް ދިން އިންޓަވިއުއެއްގައި ޕަޓޭލް ބުނީ މަސްކްގެ ވާހަކަތައް ސީރިއަސްކޮށް ނުނަގާ ކަމަށާއި، މަސްކަކީ "އަބަދުވެސް ތަފާތު އެކި ކަހަލަ ވާހަކަ ދައްކާ މީހެއް" ކަމަށެވެ. އަދި އެ ކޮމެންޓްތަކާ މެދު ކަންބޮޑުނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ބަހުސްތައް ފެންމަތިވެފައިވަނީ 2022 ވަނަ އަހަރު މަސްކް ޓްވިޓާ ބައްލަވައިގަނެ، އޭގެ ނަން 'އެކްސް' އަށް ބަދަލުކުރި ފަހުން ގެނައި ބޮޑެތި ބަދަލުތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި ވެރިފިކޭޝަން ނިޒާމާއި، ފައިސާ ހޯދޭނެ ގޮތްތަކާއި، އަދި ޕޯސްޓްތައް ތަރުތީބުކުރާ އެލްގޮރިދަމްތަކަށް ގެނައި ބަދަލުތައް ހިމެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 1
މަޖާ މަޖާ 0