ޚަބަރު

އެމްއާރުސީ ދުވަސް ފާހަގަކުރުމަށް "ރަން ފޯ ހިއުމޭނިޓީ" ގެ ނަމުގައި ގައްދޫގައި ދުވުމެއް ބާއްވައިފި

އޮގަސްޓް 22, 2025 - 22:14
އޮގަސްޓް 22, 2025 - 22:25
 0
އެމްއާރުސީ ދުވަސް ފާހަގަކުރުމަށް "ރަން ފޯ ހިއުމޭނިޓީ" ގެ ނަމުގައި ގައްދޫގައި ދުވުމެއް ބާއްވައިފި

މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ގައްދޫގައި "ރަން ފޯ ހިއުމޭނިޓީ" ގެ ނަމުގައި ދުވުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

އެމްއާރުސީ ގައްދޫ ޔުނިޓުން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތަކީ، ގައްދޫގައި އެމްއާރުސީގެ ޔުނިޓެއް އުފެއްދި ފަހުން ބޭއްވުނު އެންމެ ފުރަތަމަ އަދި އެންމެ ބޮޑު މިފަދަ އިވެންޓްކަމަށް އެ ޔުނިޓުން މަޢުލޫމާތު ދީފައިވެއެވެ.

5 ކިލޯމީޓަރުގެ މި ދުވުމުގައި އެކި އުމުރުފުރައިގެ މީހުންނާއި ކުޑަކުދިން ބައިވެރިވެފައިވާއިރު، މިއީ ފަންޑްރައިޒިންގ ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ބޮލަކަށް 150 ރުފިޔާ ނަގާފައިވާއިރު، މިއީ ގައްދޫގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފަންޑްރައިޒިންގ އިވެންޓްކަމަށްވެސް ގައްދޫ ޔުނިޓުން ފާހަގަކޮށްފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ ގޮތުން، ދުވުމުގައި ބައިވެރިނުވި ނަމަވެސް ބިބްސް ގަތުމުގެ ޒަރިއްޔާއިން ފަންޑްރެއިޒިންގ އަށް އެހީތެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާކަމަށް ގައްދޫ ޔުނިޓުން މަޢުލޫމާތު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0