ދައުރުން ބޭރު ޖަލްސާއެއް ހޯމަ ދުވަހަށް އެޖެންޑާކޮށްފި

ސެޕްޓެމްބަރު މަހު 15 ކަމަށްވާ އަންނަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފި ކަމުގައި މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މަޖިލިސް އިދާާރާއިން ބުނީ ދައުރުން ބޭރުން "ޖަލްސާއެއް/ ޖަލްސާތަކެއް" ބޭއްވުމަށް އެދިވަޑައިގެން ހުށަހެޅުމެއް ލިބިފަިއވާކަމަށާއި ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަަށެވެ.
މި ޖަލްސާގެ އެޖެންޑާ ފަހުން ޢާއްމުކުރާނެ ކަމަށްވެސް މަޖިލިސް އިދާާރާއިން ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
ދައުރުން ބޭރު ޖަލްސާ މި ބާއްވަނީ މީޑިއާތައް ކޮންޓްރޯލްކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ދުވަހުއެވެ.
ރިއެކްޓް



