ޚަބަރު

މީޑިއާ ބިލު ދިރާސާކޮށް ނިންމާ ދުވަހު މަޖިލިސް ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

ސެޕްޓެމްބަރު 8, 2025 - 13:06
 0
މީޑިއާ ބިލު ދިރާސާކޮށް ނިންމާ ދުވަހު މަޖިލިސް ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

މީޑިއާތައް ކޮންޓްރޯލްކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ އަންނަ ހަފްތާގެ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ އެދުމުގެ މަތިންނެވެ. މިއީ މީޑިއާ ބިލާ ގުޅިގެން ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާއެވެ. މީގެ ކުރިން މިދިޔަ މަހުވެސް މި ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވާފައިވެއެވެ.

މީޑިއާ ބިލަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ދޭ އަދި މީޑިއާތައް ރެގިއުލޭޓް ކުރުމަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ބިލެކެވެ. މި ބިލާ މެދު ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ ރަސްމީ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް މީޑިއާ ބިލުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި މި ދައުރުން ބޭރު ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0