ބަޖެޓު ބޮޑުވުމުން ޝަރީއަތްތައް އަވަސް ވެގެން ދާނެ: ޑީޖޭއޭ

ޝަރުއީ ދާއިރާއަށް މިހާރު ދެމުން އަންނަ ބަޖެޓު އިތުރުކުރަން ނިންމުމާއެކު, ޝަރީއަތްތައް އަވަސް ވެގެން ދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން މިހާރު ދޭ ވަރަށް ވުރެ އިތުރުކުރުމަށް, ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓު ނުވަތަ ހިލޭ އެހީގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު އިއުލާނު ކުރައްވައިފަ އެވެ.
މިކަމާ ގުޅިގެން ޑީޖޭއޭއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ދީ, ބަޖެޓު ބޮޑުކޮށް ދޭން ނިންމުމުން އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޑީޖޭއޭއިން ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އަވަހަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އިދާރީ ގޮންޖެހުންތަކަށް މި ކަމުގެ ސަބަބުން ހައްލު ލިބިގެން ދާނެ ކަމަށެވެ.
ރިއެކްޓް



