ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހިނގަމުންދާ ޝަރީއަތެެއްގެ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ, ޝަރީއަތް ހިނގަމުން ދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅޭ އޮޕަރޭޝަނެއް ފުލުހުން މިއަދު މާލޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި މި މައްސަލާގައި ތުހުމަތު ކުރެވޭ 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް, އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ޑިޖިޓަލް ޑިވައިސް ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ,
މީގެ އިތުރުން ތުހުމަތު ކުރެވޭ ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައިނުވެ އެވެ.
ރިއެކްޓް



