ކޮންޓްރޯލް ބިލު ރިޕޯޓު ފާސްކޮށްފި, ސަރުކާރު މެންބަރުން ބުނީ ހަޖަމްކޮށްލާށޭ

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަ ޖެނެރަލް ފާތުމަތު ފިލްޒާ ދެއްވި ލަފާތަކާއެކު, މީޑީއާ ކޮންޓްރޯލް ބިލުގެ ރިޕޯޓު ފާސްކޮށްފި އެވެ.
ކުއްލި ގޮތަކަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ބިލުގެ މަސައްކަތަށް އިތުރު ވަގުތު ދިނުމަށް ގޮވާލައިފަ އެވެ. އޭނާ ވިދާޅުވީ ބިލަށް އިސްލާހު ގެނައުމަށް ފަހު ބިލު ފާސްކުރި ގޮތް ވެސް އާންމު ނުކުރާ ކަމަށާއި އެ ބިލަށް ވޯޓު ދިނުމުގެ ކުރިން ދިރާސާކުރަން ވެސް ބޭނުންވާނެ ކަމަށެވެ.
ފިލްޒާ ހުށަހެޅި ރިކޮމެންޑޭޝަން ކިޔާލަން ދިނުމުގެ ފުރުސަތު ދީފައިނުވާއިރު މީކާއިލް ވަނީ އެ ވޯޓަކީ ގަވައިދާ ހިލާފަށް ނެގި ވޯޓެއް ކަމަށް ތަކުރާރު ކޮށް ބުނެފަ އެވެ.
އެހެންނަމަވެސް ސަރުކާރު ކޮންޓްރޯލް އޮންނަ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ތިއްބެވި މެންބަރުން ވެސް އެގޮތަށް ނުވާނެ ކަމަށް ބުނެ އަޑު ގަދަ ކޮށްފަ އެވެ.
ބިލު ފާސްކުރަން ހިފުމާއެކު, މީކާއިލް ވަނީ ކޮމިޓީ ކޮމްޕްރޮމައިސް ވެފައިވާ ކަމަށާއި މަޖިލީހުގެ ހަމަ ހިފެހެއްޓުމަށް ގޮވާލާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ބިލުގެ ރިޕޯޓު ފާސްކޮށްފައިވަނީ ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް މީކާއިލް ގޮވަމުން ދަނިކޮށެވެ.
ކޮމިޓީ ނިންމާލުމާއެކު އެމްޑީޕީ މެެންބަރުންނާއި ސަރުކާރު މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު ސުޖާއު ވިދާޅުވީ މަޖިލީހުގައި ހަދާނީ "ބޭނުން އެއްޗެއް" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވަނީ މެންބަރުންނަށް ވެސް އަދި ކޮމިޓީއަށް ހާޒިރުވެ ތިބި ނޫސްވެރިން ވެސް "ހަޖަމް ކުރުމަށް" ގޮވައިފަ އެވެ.
ރިއެކްޓް



