ބިދޭސީންގެ ބަނގުރާ ކާޓެލްއެއް އަތުލައިގެން, ޑީޕޯޓުކުރަނީ

ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކުމުގައި ހަރަކާތްތެރިވި ބިދޭސީންގެ ބަޔަކު ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ, އިއްޔެ ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމެންޓެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައިވާ ކަމަށެވެ. މިގޮތުން ނުވަ ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި އަޅާފައިހުރި 5ލީޓަރުގެ ހަ ފުޅިއާއި، 500އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ސައްބިރް ހޮސައިން (33އ) އާއި މުހައްމަދު ބަދަލް (52) ގެ އިތުރުން އިންޑިއާގެ ރާޖު ދަސް (20އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް, ޑީޕޯޓުކުރުމަށް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ބަނގުރަލުގެ އިތުރުން ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ވެސް މި މީހުންގެ އަތުން ފެނުނު ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް



