ޚަބަރު

އަދަދު އޮފީހުން ގެންދިޔަ ތަކެތީގެ މައްސަލަ އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ފަށަނީ

18 ޖޫން 2026 - 12:43
އަދަދު އޮފީހުން ގެންދިޔަ ތަކެތީގެ މައްސަލަ އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ފަށަނީ
އަދަދު އޮފީހުން ހޯދި 'ތަކެތި' ކަރުދާސް ކޮތަޅުތަކެއްގައި ފުލުހުންގެ ވެހިކަލަށް އަރުވަނީ، ފޮޓޯ: ވިރާސީ

"އަދަދު" ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި ޑޮކިއުމެންޓްރީއަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި އެ ނޫހުގެ އޮފީސް ރެއިޑުކޮށް ގެންދިޔަ 'ތަކެތި' އަނބުރާ ހޯދުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފްތާގައި ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. މިއީ އެ ނޫހުގެ އޮފީހުން ފުލުހުން ގެންދިޔަ ތަކެތި އަނބުރާ ހޯދުމަށް އަދަދު ނޫހުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެގަތީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެ ރެއިޑުގައި، ނޫހުން ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން ޖުމްލަ 20 ޑިވައިސްއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަންގައި 10 ވަރަކަށް ފުލުހުން ބައިވެރިވިއިރު، އޭގެ ތެރޭގައި ޓޭޒާ ބަޑި ހިފައިގެން ހުރި ފުލުހަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އަންނަނީ ޝަރީއަތް ހިންގަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0