ޚަބަރު

މުދާ ބަރުކުރަނިކޮށް ބޯޓެއްގެ މައްޗަށް ކޮންޓެއިނަރެއް ވެއްޓިއްޖެ

17 ޖޫން 2026 - 21:06
މުދާ ބަރުކުރަނިކޮށް ބޯޓެއްގެ މައްޗަށް ކޮންޓެއިނަރެއް ވެއްޓިއްޖެ
ފޮޓޯ: ސޯޝަލްމީޑިއާ

ކުޅުދުއްފުށި ސިޓީގައި މުދާ ބަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބޯޓެއްގެ މައްޗަށް ކޮންޓޭނަރެއް ވެއްޓި، ބޯޓަށާއި ކޮންޓޭނަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:24 ހާއިރުއެވެ. މި ހާދިސާ ހިނގީ ކްރޭން ބޭނުންކޮށްގެން ކޮންޓޭނަރެއް އުފުލައި، މުދާ އުފުލާ ބޯޓަކަށް ބަރުކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ބޯޓަށާއި ކޮންޓޭނަރަށް އެކި މިންވަރުގެ ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މަސައްކަތުގައި އުޅުނު އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ ބަރު މުދާ އުފުލުމުގެ މަސައްކަތްތަކަކީ މަސައްކަތްތެރިންނަށާއި އުޅަނދުފަހަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަންކަމަށްވާއިރު، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0