ޚަބަރު

ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި

17 ޖޫން 2026 - 19:00
ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކުރުމަށް ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން މައުލޫމާތު ދެއްވި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ރިސޯޓުތަކާއި، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށެވެ.

މި ބަދަލާއެކު ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުވި ނަމަވެސް، އާންމު ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ވިޔަފާރި ކެޓަގަރީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ގެނައި ބަދަލެކެވެ.

އަލަށް ގެނައި ބަދަލުތަކަށް ބަލާއިރު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 25 ޕަސެންޓް ބޮޑުކޮށްފައެވެ. އަދި 22 ކިލޯގެ ފުޅިއެއްގެ އަގު ވަނީ 15 ޕަސެންޓަށް ބޮޑުކޮށްފައެވެ. މި ބަދަލާއެކު 45 ކިލޯގެ ފުޅިއެއްގެ އަގު މިހާރު ވަނީ 1,314 ރުފިޔާއަށް އުފުލިފައެވެ. އަދި 22 ކިލޯގެ ފުޅިއެއްގެ އަގު ވަނީ 500 ރުފިޔާއަށް ބޮޑުވެފައެވެ.

އަގުތަކަށް އެންމެ ބޮޑު ބަދަލެއް އައީ ރިސޯޓުތަކަށެވެ. ރިސޯޓުތަކަށް ގޭސް ވިއްކާ އަގު 25 ޕަސެންޓް ބޮޑުކުރިއިރު، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފައިވަނީ 15 ޕަސެންޓަށެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި މިގޮތަށް އަގު ބޮޑުކުރަން ޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޭސް ލިބުން ދަތިވެ، ގޭސް އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0