ޚަބަރު

މާލޭ ސަރަހައްދުން ހިމަބިހީގެ އިތުރު 5 ކޭސް ފެނިއްޖެ

16 ޖޫން 2026 - 20:30
މާލޭ ސަރަހައްދުން ހިމަބިހީގެ އިތުރު 5 ކޭސް ފެނިއްޖެ

މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ފަސް މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މި ފެނުނު އައު ކޭސްތަކާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ކޭސްތަކުގެ ޖުމްލަ އަދަދު މިވަނީ 20 އަށް އަރާފައެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން ވަނީ އާންމުންނަށް ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ބަލީގެ އަލާމާތްތައް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން އުޅުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މީގެ އިތުރުން، ބަލިމީހާގެ ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވޭތޯ ޔަގީންކުރުމަށް ވެސް އެ އެޖެންސީން ވަނީ ބާރުއަޅާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0