ޚަބަރު

ވިއްކާލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައިފިން، މިހާރު އެއީ ރާއްޖޭގެ ސަރަހައްދެއް: ރައީސް މުއިއްޒު

14 ޖޫން 2026 - 22:34
ވިއްކާލި ކަނޑުގެ ސަރަހައްދު އަނބުރާ ހޯދައިފިން، މިހާރު އެއީ ރާއްޖޭގެ ސަރަހައްދެއް: ރައީސް މުއިއްޒު

ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުން ވިއްކާލި ކަމަށް ޕީއެންސީން ބުނަމުން އައި ކަނޑުގެ ސަރަހައްދު އަނބުރާ ހޯއްދަވައިފައިވާކަމަށާއި މިހާރު އެއީ ރާއްޖޭގެ ރަސްމީ ސަރަހައްދުގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ލިބުމުުގެ އުފަލުގައި މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވިއްކާލި ކަނޑުގެ ސަރަޙައްދު ރަސްމީކޮށް އަނެއްކާވެސް ޤާނޫނީ ހަމަތަކުގެ މަތީން ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައި ކަމަށެވެ.

އެ ވިއްކާލި ކަނޑުގެ ސަރަޙައްދު އެއީ ރަސްމީކޮށް އަނެއްކާވެސް ޤާނޫނީ ހަމަތަކުގެ މަތީން އަޅުގަނޑުމެންގެ ބައެއް ކަމުގައި އަޅުގަނޑުމެން ވާނީ ކަނޑައަޅާފަ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވިޔަސް ވިއްކާލި ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރަމުންދާ އެޓާނީ ޖެނެރަލްގެ އޮފީހުން އެމަސައްކަތް ނިމުނުކަމަށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ރައީސް މުއިއްޒާއި ދިފާޢީ ވުޒާރާއިން ވަނީ އެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުގެ ބައެއް ކަމަށް ރާއްޖެއިން ކަނޑައަޅާފައިވާކަމަށް ކުރިން ހާމަކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބޯޓުތައް ހިފެހެއްޓުމުގެ އޮޕަރޭޝަނެއްވެސް އެމްއެންޑީއެފުން ވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.

އިޓޮލްސްގެ ނިންމުމަށް ގޮންޖަހައި މި ސަރަހައްދުގެ ކޮންޓްރޯލް ނަގާފައިވާކަން ޑިފެންސް މިނިސްޓްރީން ހާމަކުރީ ފެބްރުއަރިމަހުގެ 5 ވަނަ ދުވަހުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1