އަމީރު, ރައީސަށް: މަނިކުފާނު ވެރިކަމުގައި ހުރުމުގެ މާނައެއް ނެތް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވެރިކަމުގައި ހުންނެވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ ޕޮޑްކާސްޓުގައި ރައީސް މިއަދު ވަނީ މި އަތޮޅު ކައުންސިލްތައް ދެމި އޮތުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވެ, އަތޮޅު ކައުންސިލްތައް އުވާލާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
އެ ވާހަކަތައް ރައްދު ދެއްވައި އަމީރު ވިދާޅުވީ. ވެރިކަމުގައި ފާއިތުވެގެން ދާ ދެ އަހަރަށް ބަލައި, އިތުރު އަހަރަކު މުއިއްޒު ވެރިކަމުގައި ހުންނެވުމަކީ އެއްވެސް މާނަހުރި ކަމަކަށް ނުވާ ކަމަށެވެ. އެ ކަމުގެ ސަބަބުން ގައުމަށް އޮތީ އިތުރު ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އިއާދަނުކުރެވޭނެ ވަރު ބޮޑު ގެއްލުން ގައުމާއި ރައްޔިތުންނަށް ކުރިމަތިވާނެ ކަމެއް ކަމަށް ފެނޭ," އަމީރު ވިދާޅުވި އެވެ.
އަމީރު މިފަދައިން ވިދާޅުވިއިރު, ރައްޔިތުންގެ ހިޔާލާއި ފިކުރު ބަންދުކުރެވޭ ގޮތަށް އިއްޔެ މަޖިލީހުން ފާސްކުރި ނޫސްވެރިކަން ކޮންޓްރޯލް ކުރާ ބިލާ ގުޅިގެން މުއިއްޒަށް ގިނަ ފާޑުކިޔުންތަކެއް އޮތީ އަމާޒުވެފަ އެވެ. އެ ބިލު ފާސްކޮށްފައިވަނީ ފާސްނުކުރަން އެދި 150 އަށް ވުރެ ގިނަ ނޫސްވެރިން ވެސް އެދިފައިވަނިކޮށެވެ.
ރިއެކްޓް



