މަޖީދީމަގުގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފި
މަޖީދީމަގުގައި ޤާވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ސޯޝަލްމީޑިއާގައި ކުރި މެސެޖެއްގައި ފުލުހުން ބުނީ "ބަސް ދަތުރުކުރާ މަގުތަކާއި ހާއްސަކޮށް މަޖީދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ."
މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ދުއްވާ ފަރާތްތަކަށް ގިނަ ގުނަ ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާއަކީ އެންމެ އާއްމުކޮށް އިވޭ އެއް ޝަކުވާއެވެ.
މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އިދާރާތަކުން ކުރާ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އިދާރާތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.






ރިއެކްޓް