ޚަބަރު , ސިޔާސީ

މިނިވަން މީޑިއާ ކަފުނަށް: ކޮންޓްރޯލް ބިލު ފާސްކޮށްފި

ސެޕްޓެމްބަރު 16, 2025 - 17:31
ސެޕްޓެމްބަރު 16, 2025 - 19:05
 0
މިނިވަން މީޑިއާ ކަފުނަށް: ކޮންޓްރޯލް ބިލު ފާސްކޮށްފި
ފޮޓޯ: ވިރާސީ

މިނިވަން މީޑިއާ ނައްތާލުމަށް ފަރުމާކޮށްފައިވާ މީޑިއާ ކޮންޓްރޯލް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެޖެންޑާގައި އޮތީ މީޑިއާ ބިލު ފާސްކުރުން އެކަންޏެވެ. މި ބިލާ އެއްކޮޅަށް ވޯޓު ދިނުމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

މި ބިލު ފާސްކުރުމަށް ނެގުނު ވޯޓުގައި 60 މެންބަރުން ބިލު ފާސްކުރުމަށް ވޯޓުދީފައިވާއިރު ބިލާ ދެކޮޅަށް ވޯޓުދިނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 1 މެންބަރުންނެވެ. 

ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާ ފެށިގެން ބިލަށް ވޯޓަށް އެހުމުގެ ކުރިން 6 މެންބަރަކު ވަނީ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރަށްލާފައެވެ.

އަމިއްލަ މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ އަބްދުލްހަންނާން މަޖިލީހަށް ހުށަހެޅި މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލުމަށް ގިނަ އަދަދެއްގެ ނޫސްވެރިން އަދި މީޑިއާތައް އަޑު އުފުލިއެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް މި ބިލު ބޭރުކޮށްލުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލިއެވެ.

ނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ކޮންޓްރޯލް ކުރަމުންދާ ވެރިކަންކުރާ ޕާޓީ، ޕީއެންސީން ވަނީ ހުށަހެޅުނު ހުރިހާ ކަންބޮޑުވުމަކަށް ބީރުކަންފަތެއް ދީފައެވެ.

އަދި މިބިލާއި ދެކޮޅަށް އަޑުއުފުލަމުންދިޔަ ނޫސްވެރިންގެ އަބުރު ކަތިލުމަށް ޕީއެންސީގެ އެކްޓިވިސްޓުން ނެރެ ސަރުކާރުން ވަނީ ހަޤީޤަތް އޮޅުވާލަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0