ސިފައިންގެ މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ދިވެހި ސިފައިންގެ ޚިދުމަތުގައި ހުންނެވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާން މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ހުސައިން ނިޔާވުމާ ގުޅިގެން އެމްއެންޑީއެފްއިން އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުސައިން ކުއްލި ގޮތަކަށް ނިޔާވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށެވެ.
"މި ފުން ހިތާމައިގެ ވަގުތުގައި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަޙުމާނުގެ ލޮބުވެތި އާއިލާއަށާއި ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ، ސާޖަންޓް ފަސްޓް ކްލާސް ހުސެއިން އަބްދުއް ރަހުމާންގެގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ" ރައީސް ވިދާޅުވިއެވެ.
ނިޔާވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން އަބްދުއްރަހުމާނަކީ ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ގައުމީ ދިފާއީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހުއިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވައިފައެވެ






ރިއެކްޓް