ޚަބަރު

މުޒާހަރާގެ ތެރެއިން ނޫސްވެރިޔާ ލީވާން ހައްޔަރުކޮށްފި

ސެޕްޓެމްބަރު 16, 2025 - 17:08
ސެޕްޓެމްބަރު 16, 2025 - 17:13
 0
މުޒާހަރާގެ ތެރެއިން ނޫސްވެރިޔާ ލީވާން ހައްޔަރުކޮށްފި

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މަޖިލިސް އިދާރާ ކައިރީގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން ނަސީރު ހައްޔަރުކޮށްފި އެވެ. 

މިއަދު ކުރިއަށް ދާ މުޒާހަރާގެ ތެރެއިން ލީވާން ހައްޔަރުކުރި ކަން އެނގުނީ, އޭނާ ގެއްލިގެން އެ ނޫހުން ސޯޝަލް މީޑިއާގައި ޖެހުމުންނެވެ. އޭގެ ކުރިން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އޭނާ ހައްޔަރުކުރިކަން ހާމަ ކުރަން ފުލުހުން ދެކޮޅު ހެދި ކަމަށް އެ ނޫހުން ބުންޏެވެ. 

ލީވާން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު, ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ގެންގޮސްފައިވަނީ ވަރަށް އަނިޔާވެރިކަމާއެކުގަ އެވެ. 

މުޒާހަރާގެ ތެރެއިން އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ދެން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި ބައިވެރިވި ޓެކްސް ޑްރައިވަރެކެވެ. 

މިކަމާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ފުލުހުންގެ މީޑިއާއިން ބުނީ ދެ މީހުން ހައްޔަރުކުރީ އެއްވުން ރޫޅާލުން ހުރަސް އެޅުމުން ކަމަށެވެ. 

މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންނާއި އާންމުން ގަދަ ބާރު ބޭނުންކޮށްގެން ދުރަށް ޖައްސަމުންދާއިރު, އެކި މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ވެފަ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0