ޚަބަރު

ބިލެތްދޫއިން ރައީސް އަށް ދިން ލަގަބު: އޭޓީއެމް ދޮންބެ

ސެޕްޓެމްބަރު 20, 2025 - 16:51
ސެޕްޓެމްބަރު 20, 2025 - 16:52
 0
ބިލެތްދޫއިން ރައީސް އަށް ދިން ލަގަބު: އޭޓީއެމް ދޮންބެ
ރައީސް ޑރ. މުޢިއްޒު ބިލެތްދޫ އޭޓީއެމް ހުޅުވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ފ. ބިލެތްދޫއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން "އޭޓީއެމް ދޮންބެ" ގެ ލަގަބު އަރުވައިފިއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އޭޓީއެމްތައް ހުޅުއްވަވަމުން ގެންދަވާ ރައީސް ޑރ. މުޢިއްޒަށް މި ލަޤަބު އެރުވީ ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު އަސްލަމު އެވެ. އަސްލަމް އަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.

ރައީސް މުޢިއްޒު ބިލެތްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އޭޓީއެމްއަކީ ވަރަށް މުހިއްމު އަދި އެހާމެ މުހިއްމު މަޝްރޫޢެއް ކަމަށެވެ. އަދި ބިލެއްދޫގައި އޭޓީއެމް ޤާއިމުކޮށްފައިވަނީ ރައްޔިތުން ބޭނުންވި ތަނުގައި ރައްޔިތުން ބޭނުންވި ގޮތަށް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން އޭޓީއެމް ޤާއިމުކުރެވުމުން ބިލެތްދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހަތަކަށް އަސްލަމް އަލި އަޅުވާލެއްވިއެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ރައީސް ވަޑައިގެން ބޮޑު މަޝްރޫޢެއް ނިންމާފައިވާކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ވަނީ އެކި މުނާސަބަތުތަކުގައި ނުރުހުން ފާޅުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ބިލެއްތްދޫ ރައްޔިތުންނާއި މުޚާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަސްލަމް ދެއްކެވީ ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމަށެވެ. އަދި އޭޓީއެމަކީ ރައްޔިތުންގެ ފުދުންތެރިކަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0