ޚަބަރު

މުޒާހަރާގައި ނޫސްވެރިންނާއި އާންމުންނަށް އަނިޔާކުރުން ފުލުހުން ދިފާއުކޮށްފި

ސެޕްޓެމްބަރު 18, 2025 - 13:48
ސެޕްޓެމްބަރު 18, 2025 - 13:55
 0
މުޒާހަރާގައި ނޫސްވެރިންނާއި އާންމުންނަށް އަނިޔާކުރުން ފުލުހުން ދިފާއުކޮށްފި
ފޮޓޯ: އަނޫފް ޖުނައިދު

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި ކުރި މުޒާހަރާތަކުގައި އާންމުންނާއި ނޫސްވެރިންނަށް ދެކޮޅަށް ހާލަތާއި ބާރުގެ ނުބައްދަލު ބާރެއް ބޭނުން ކޮށްފައިނުވާނެ ކަމަށް ބުނެ ފުލުހުންގެ އަމަލުތައް ދިފާއުކޮށްފި އެވެ. 

ސުލްހަވެރިކަމާއެކު ބޭއްވި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން އެކި ވަރުގެ ބާރުގެ ބޭނުން ކޮށްފައިވާއިރު, ގިނަ އަދަދެއްގެ ފުލުހުން ވެގެން ބައިވެރިން ދުރުކުރަން އުޅުމުގެ ތެރޭގައި އާންމުންނާއި ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާ ލިބި ލޭއޮހޮރުވާފައިވެ އެވެ. ގައިގެ އެތަންމިތަން ނޫފައިގަނެ، ލޭކޮށާލައި، އަންނައުނު ވީދައިގެން ގޮސްފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.

 

މުޒާހަރާގައި ފުލުހުން އަނިޔާވެރިވި ފޮޓޯތަކާއި ވީޑިއޯތަކަށް ބައިނަލްއަގްވާމީ ފާޑުކިޔުން ވެސް އަމާޒުވެފައިވަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ އަމަލުތައް ހުރިގޮތް ދިފާއުކޮށްފަ އެވެ.

ފުލުހުން ބުނީ, އެ ސަރަހައްދަކީ ހިޔާލުފާޅުކުރުމަށް އެއް ވެވޭ ސަރަހައްދުތަކުގައި ހިމެނިފައިނުވާތަނެއް ކަމުން އެ ދުވަހުގެ އެއްވުމަކީ ގަވައިދާ ހިލާފު އެއްވުމެއް ކަމަށެވެ. އެ ދުވަހު ފުލުހުން ހަރަކާތްތެރިވެފައިވާނީ މަޖިލިސް މެންބަރުންނާއި އާންމުންގެ ސަލާމަތް ކަށަވަރުކުރުމަށް ކަމަށް ބުނެފައިވެ އެވެ. 

މުޒާހަރާގެ ބައިވެރިން ގޯސްކޮށް ފުުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފުލުހުން އަނިޔާ ވާ މަންޒަރު ފެންނަނީ ވަކި އެންގަލް އަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުންނެވެ.

މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭއާއި ކަރުނަ ގޭސް ފަދަ ބާރުގެ ބޭނުން ކޮށްފައިނުވާނެ ކަމަށާއި ބައިވެރިން ދުރަށް ޖެއްސުމުގައި ކޮންމެހެން އިތުރު ގޮތަކަށް އަމަލު ކުރަން ނުޖެހުނު ހާލަތުގައި އިސްކޮށްފައިވަނީ މަޝްވަރާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތުގެ ރިވިއުއެއް މިހާރު ފުލުހުން ހަދަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0