ޣައްޒާގެ ސުލްހައިގެ މަޝްވަރާތައް ހުއްޓިއްޖެ

ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ނުރަސްމީ ސުލްހައިގެ މަޝްވަރާތައް މަޑުޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި މަޝްވަރާތައް މަޑުޖެހުނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ޔަހޫދީން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
މި މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވޭނެ ހަމައެކަނި ގޮތަކީ ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީގެ ތަކެތި ރައްކާތެރިކަމާއެކު އެތެރެ ކުރުމުގެ ފުރުސަތު ދިނުން ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. ޔަހޫދީން ވަނީ މިކަމަށް އިންކާރު ކޮށްފައެވެ.
މަޝްވަރާތައް ހުއްޓުމަކަށް އައި ނަމަވެސް ދެފަރާތުގެ ދެބަސްވުންތައް ހައްލު ކުރުމަށް އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ގަތަރާއި މިސްރުގެ މެދުވެރިކަމުގައި ކުރިއަށްދާ މި މަޝްވަރާތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ފްރޭމްވޯކެއްގެ ދަށުން ކުރިއަށްދާ މަޝްވަރާތަކެކެވެ.
ރިއެކްޓް



