ޚަބަރު

އަލިތަކުރުފާނު ކޯޓަށް ހާޒިރުކުރުމަށް ހޯދަނީ

ސެޕްޓެމްބަރު 15, 2025 - 13:55
 0
އަލިތަކުރުފާނު ކޯޓަށް ހާޒިރުކުރުމަށް ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ގއ. ދާންދޫ / ޖަރީމާގެ، ޢަލީތަކުރުފާނު (39އ) ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިޢުލާންކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިތަކުރުފާނު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ.

މިގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 13:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވަނީ އަލިތަކުރުފާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0