ޚަބަރު

މައިކު ހަލާކުކޮށްލި ކަމަށް އެއްބަސްވެ ޚަރަދު ހަމަޖައްސައިދީފި

ސެޕްޓެމްބަރު 16, 2025 - 13:08
 0
މައިކު ހަލާކުކޮށްލި ކަމަށް އެއްބަސްވެ ޚަރަދު ހަމަޖައްސައިދީފި
ފޮޓޯ: އަނޫފް ޖުނައިދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައިކެއް ހަލާކު ކޮށްލި ކަމަށް އެއްބަސްވެ އޭގެ ޚަރަދު ހަމަޖައްސައިދީފައިވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފު ވިދާޅުވެއްޖެއެެވެ.

އިއްޔެ ބޭއްވުނު މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަދެވަޑައިގެން މެންބަރު އިމްރާން ވަނީ އެ ހޯލުހުގެ މޭޒެއްގައި ހަރުކޮށްފައި ހުރި މައިކެއް އުފުރާލައި އެއްލާލާފައެވެ. މި މަންޒަރު އެ ގަޑީގައި ކޮމިޓީ ލައިވް ކުރަމުންދިޔަ ޓީވީ ފޫޓޭޖުން ސާފުކޮށް ފެނެއެވެ.

ނަމަވެސް އިމްރާން ވިދާޅުވީ މައިކު ހަލާކުވީ އޭނާގެ އަތުން އެކަނި ނޫންކަމަށާއި އިތުރު ދެ މެންބަރަކު އެކަމުގައި ޒިންމާވާން ޖެހޭނެ ކަމަށެވެ.

ހަލާކުވި މައިކުގެ ޚަރަދު ހަމަޖައްސަވާފައިވާކަމަށް އިމްރާން ވިދާޅުވިޔަސް ޚަރަދު ހަމަޖައްސައިދިނީ މަޖިލިސް އިދާރާއަށް ކަމެއް, ނުވަތަ ޚަރަދަކީ ކިހާވަރެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މިކަމާއި ގުޅޭ ގޮތުން އިމްރާން ވާހަކަދައްކަވާފައިވަނީ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0