ޚަބަރު

މެދުރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަންނަވައިފި

ސެޕްޓެމްބަރު 19, 2025 - 15:39
 0
މެދުރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަންނަވައިފި

މެދުރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޢިއްޒު މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތުދެއްވި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ވ. މ. ފ. އަދި ތ. އަތޮޅަށެ.

މި ދަތުރުފުޅުގައި މި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސްއޮފީހުން މަޢުލޫމާތުދެއެވެ.

ރައީސް މިދަތުރުފުޅު ފަށްޓަވާފައިވަނީ މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން ސަރުކާރު ހޫނުފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެއާއި ބޭރު ދުނިޔޭގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރުމަށް ފާސްކުރި ޤާނޫނު ތަސްދީގު ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0