ކޮމިޓީން އިއްޔެ ފާސްކުރި މީޑިއާ ބިލު މިއަދުގެ ބައްދަލުވުމަށް އަލުން އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީގެ 35 ވަނަ ބައްދަލުވުމުގައި އިއްޔެ ހަވީރު ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލު މިއަދު ބާއްވާ 36 ވަނަ ބައްދަލުވުމަށް އަލުން އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ގްރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުވި މެސެޖެއްގައި ބުނީ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު 2:00 ގައި އޮންނާނެ ކަމަށާއި ބައްދަލުވުުގެ އެޖެންޑާގައި ވަނީ މީޑިއާ ބިލުގެ ދިރާސާގެ މަސައްކަތް ކޮށް ނިންމުން ކަމަށެވެ.
އިއްޔެެގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކުރުމުގެ ކުރިންނާއި ބިލު ފާސްކުރި ގަޑީގައިވެސް މި ބިލާއި ދެކޮޅަށް ރާއްޖޭގެ ނޫސްވެރިން ދިޔައީ އަޑު އުފުލައި އިހުތިޖާޖު ކުރަމުންނެވެ.
އިއްޔެގެ ބައްދަލުވުމުގައި މައްސަލަ ބޮޑުވެ, ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފު ވަނީ ކޮމިޓީ ހޯލަށް ވަދެވަޑައިގެން އެތަނުގެ މޭޒެއްގައި ހަރުކޮށްފައި ހުރި މައިކެއް ހަލާކު ކޮށްލާފައެވެ. މެންބަރު އިމްރާން އަކީ މި ކޮމިޓީގެ މެންބަރުކަން ކުރައްވާ ބޭފުޅެއް ނޫނެވެ.
ރިއެކްޓް



