ޚަބަރު

މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހަށް ފޮނުވީތީ މެންބަރުންގެ ޝުކުރު ރައީސަށް

ސެޕްޓެމްބަރު 16, 2025 - 17:42
ސެޕްޓެމްބަރު 16, 2025 - 18:11
 0
މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހަށް ފޮނުވީތީ މެންބަރުންގެ ޝުކުރު ރައީސަށް

މީޑިއާ ކޮންޓްރޯލުކޮށް ހިޔާލު ފާޅުކުރުން ހަނިކުރެވޭ ގޮތަށް މަޖިލީހަށް ބިލު ފޮނުވީތީ, ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސަރުކާރު ހިންގާ ޕީއެންސީ މެންބަރުން ޝުކުރު އަދާކޮށްފި އެވެ. 

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ބިލު މަޖިލީހަށް ހުށަހެޅީ މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަބޫބަކުރެވެ. މި ބިލު ހުށަހެޅުމުގައި ސަރުކާރުގެ އަތެއް ނެތް ކަމަށް މީގެ ކުރިން ބުނިނަމަވެސް, ސަރުކާރުން ވަނީ ވަރަށް ބޮޑަށް ދިފައުކޮށްފަ އެވެ. 

ކަންބޮޑުވުންތަކަށް ބެލުމެއްނެތި އަވަސް އަރުވާލައިގެން ފާސްކުރާ ކަމުގެ ތުހުމަތު އޮތް އިރު, ބިލު ފާސްކުރަން މިއަދު ބޭއްވި ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ މިފަދަ ބިލެއް މަޖިލީހަށް ފޮނުވީތީ ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

"އަޅުގަނޑުމެންނާ ހަމައަށް މިފަދަ ބިލެއް ދިވެހި ސަރުކާރުން ފޮނުވި ކަމަށްޓަކާ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހާއްސަ ޝުކުރެއް ދަންނަވަން," އޭނާ ވިދާޅުވި އެވެ. 

ބިލު ހުށަހެޅީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވއިިރު, ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަނާޅާއި އަމިއްލަ މެންބަރެއްގެ ނަމުގައި ހުށަހެޅި ސަބަބެއް ސާފެއް ނޫނެވެ. 

ބިލުގެ ބަހުސް ކުރިއަށް ދާއިރު އެމްޑީޕީ މެންބަރުން ގެންދަނީ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ގެންދަވަނީ އިދިކޮޅު މެންބަރުންގެ ނަން އިއްވައ ތަޅުމުން ނެރެމުންނެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0