ޚަބަރު

އުފުރިޔާއާއި ކޮޅުފުށި, މަޑިފުއްޓަށް ދީފި

ސެޕްޓެމްބަރު 18, 2025 - 19:37
 0
އުފުރިޔާއާއި ކޮޅުފުށި, މަޑިފުއްޓަށް ދީފި

ތ. މަޑިފުއްޓާ އެއް ފަޅެއްގައި އޮންނަ ދެ ފަޅު ރަށް ކަމަށްވާ އުފުރިޔާއާއި ކޮޅުފުށި މަޑުފުށީގެ ބައެއްގެ ގޮތުގައި ހިމަނައިފި އެވެ. 

ރައީސް އޮފީހުން ނެރުނު ގަރާރެއްގައި މިއަދު ބުނީ, މަޑިފުށީގެ އިހުތިސޯސްގައި އުފުރިޔާ އާއި ކޮޅުފުށި ހިމެނުއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އެ ގޮތަށް ނިންމާފައިވާ ކަމަށެވެ. 

މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި މަޑިފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ, އެ ރަށުގެ ބައެއްގެ ގޮތުގައި އުފުރިޔާ ހަމަޖައްސައި ދެ ރަށް ގުޅުވައިދޭނެ ކަމަށެވެ. 

ރައީސް ވިދާޅުވީ އޭގެ ސަބަބުން އިގްތިސޯދީ ކުރިއެރުންތައް އެ ރަށަށް ލިބިގެން ދާނެ ކަމަށެވެ.

އެހެން ވިދާޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އިހުތިސޯސަށް ބަދަލު ގެނައި ނަމަވެސް, ދެ ރަށް ގުޅުވާލުމުގެ ވާހަކަ މިހާތަނަށް އޭގެ ފަހުން ދެކެވިފައިނުވެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0