ޚަބަރު

ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތް، މީޑިއާ ބިލް ތަސްދީގު ކޮށްފި

ސެޕްޓެމްބަރު 18, 2025 - 13:11
 0
ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތް، މީޑިއާ ބިލް ތަސްދީގު ކޮށްފި

ގިނަ ނޫސްވެރިންތަކެއް ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި މީޑިއާ ކޮންޓްރޯލް ކުރާ ބިލް ރައީސް މުއިއްޒު ތަސްދީގު ކޮށްފި އެވެ. 

މިދިޔަ ހޯމަ ދުވަހު މަޖިލީހުން ފާސް ކުރި މި ބިލާއި ދެކޮޅަށް ރާއްޖޭގެ 150 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބިލު ބޭރުކޮށްލުމަށް އެދި ޕެޓިޝަނެއް މަޖިލިހަށް ހުށަހަޅާފަ އެވެ. ނަމަވެސް ނޫސްވެރިންނާއި ރާއްޖެއާއި އަދި ބައިނަލްއަގްވާމީ ގިނަ ޖަމިއްޔާތަކުން ބިލާއި މެދު ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކޮށް އަވަސް އަރުވާލައިގެން ބިލް ފާސް ކުރީ 60 މެމްބަރުންގެ ވޯޓުންނެވެ.

ބިލުގެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފައިވާއިރު މި ބިލަށް އަމަލު ނުކާރެނަކަމަށް ވަރަށް ގިނަ ނޫސްވެރިން ދަނީ ބުނަމުންނެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއި އެކި މޯލްޑިވްސް ބްރޮޑްކާސްޓިންގް ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ވަނީ އުވިފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0