ޚަބަރު

ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް: ފުލުހުން

ސެޕްޓެމްބަރު 15, 2025 - 12:55
 0
ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް: ފުލުހުން
ޒުވާނަކު ނިޔާވެފަ އޮއްވާ ފެނުނު ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ

މާފަންނު މޮޑަން ކޮމެޓް ގެގޭ ތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު ޒުވާނާގެ މަރުގައި ޖިނާޢީ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

މޮޑަންކޮމެޓް ގޭތެރޭގައި 25 އަހަރުގެ ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:22 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި ސީނަށް ހާޒިރުވެ ބެލި ބެލުމުން އެ ޒުވާނާ އޮތީ މަރާލާފައި ކަމަށް ނުބެލެވޭ ކަމަށް ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

ޒުވާނާގެ ކަރަށް ވަޅިއެއް ހަރާފައި އޮތް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވީނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އިތުރަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0