ޚަބަރު

މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަން އުފައްދައިފި

ސެޕްޓެމްބަރު 19, 2025 - 07:20
 0
މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަން އުފައްދައިފި

ރައްޔިތުންގެ މަޖިލީހުން މި ހަފްތާގައި ފާސްކުރި މީޑިއާ ބިލުގެ ދަށުން މީޑިއާ ކޮންޓްރޯލް ކުރުމަށް ކޮމިޝަނެއް އުފައްދައިފި އެވެ. 

ރައީސް އޮފީހުން ރޭ ބުނީ, އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ކަމަށެވެ. 

މި ކޮމިޝަންގައި ހަތް މެންބަރަކު ތިއްބަވާއިރު, 3 މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ.

އެ ގާނޫނާއެކު ކުރިން އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވިގެން ދިޔައީ އެވެ. 

މިނިވަން ހިޔާލާއި ނޫސްވެރިކަމުގެ ހައްގު ހަނިވެގެންދާ މި ގާނޫނާއެކު ސަރުކާރަށް ވަނީ ރައްޔިތުންނާއި ބައިނަލްއަގްވާމީ ގިނަ ގައުމުތަކުގެ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ. 

މި ގާނޫނަށް އަމަލު ކުރަން ފެށިނަމަވެސް, އަމަލު ނުކުރާނެ ކަމުގެ އިންޒާރު ނޫސްވެރިން ވަނީ ދީފަ އެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0