މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެއަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ކުރިއަށް އޮތް ގަޑިތަކުގައި އެ ސަރަހައްދުގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވުމަށް ވަނީ އެދިފައެވެ.






ރިއެކްޓް