ޚަބަރު

ދައުރުން ބޭރު އިތުރު ޖަލްސާއެއް މިއަދު ބާއްވަނީ

ސެޕްޓެމްބަރު 15, 2025 - 12:37
ސެޕްޓެމްބަރު 15, 2025 - 12:38
 0
ދައުރުން ބޭރު އިތުރު ޖަލްސާއެއް މިއަދު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް މިއަދު މެންދުރު ފަހަށް ތާވަލްކޮށްފި އެވެ. 

މެންދުރު 01:00 އަށް ތާވަލްކޮށް މި ޖަލްސާ އޮންނަ ކަން އަންގާފައިވަނީ ވަގުތު ވަރަށް ކުޑަތަން ވެފައިވަނިކޮށެވެ. 

ބިލުގެ އެޖެންޑާގައި ހިމަނާފައި އޮތީ މިއަދު ހެނދުނު ދައުރުން ބޭރު ޖަލްސާގައި ހުށަހެޅި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ މައްސަލައާއި އެޗްއާރްސީއެމްގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ މައްސަލަ އެވެ. 

ދައުރުން ބޭރުން އިތުރު ޖަލްސާއެއް މިއަދު ބާއްވަން ނިންމާފައިވަނީ މީޑިއާ ކޮންޓްރޯލް ބިލުގެ ފަހުގެ މަސައްކަތް މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ކުރަމުން ދަނިކޮށެވެ. ޖަލްސާ އޮންނާނެ ކަން އިއުލާނު ކުރުމާއެކު އެ ކޮމިޓީގެ މަސައްކަތް ވަނީ މެދުކަނޑާލައިފަ އެވެ. 

ކޮމިޓީ މެދުކަނޑާލިއިރު ހިނގަމުން ދިޔައީ ބިލަށް އިސްލާހު ހުށަހެޅުގެ މަސައްކަތެވެ. ކޮމިޓީގައި އިންނަނަވާ ހަމައެކަނި އިދިކޮޅު މެންބަރު, ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގެންދެވީ ވަކިވަކި މާއްދާތައް ވިދާޅުވުމަށްފަހު އުނިކުރަން ހުށަހެޅުމަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0