ޚަބަރު

ސަރުކާރުން ރާއްޖޭގެ ސްކައުޓް ޖަމިއްޔާ މަގުމަތިކޮށްލައިފި

ސެޕްޓެމްބަރު 10, 2025 - 20:54
 0
ސަރުކާރުން ރާއްޖޭގެ ސްކައުޓް ޖަމިއްޔާ މަގުމަތިކޮށްލައިފި

ވަންނާނެ އިތުރު ހިޔާވައްސެއް ނުދައްކައި ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަން ހިންގަމުން އައި ކުރީގެ އަރަބިއްޔާ ސްކޫލް ހުސްކުރަން އަންގައިފިއެވެ.

މިއަދު ސްކައުޓް އެސޯސިއޭޝަނުން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ތަން ހުސްކުރަން ޖެހޭ ވާހަކަ ލިޔެފައިވާއިރު މި ނޫހަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މި ގޮތަށް ކަންވެގެން ދިޔައީ ސްކައުޓް އެސޯސިއޭޝަން އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި އެކު ބައްދަލުވުމެއް ބޭވުމަށް ފަހުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ސްކައުޓް އެސޯސިއޭޝަނަކީ އެޑިޔުކޭޝަން އާއި އެއްވެސް ގުޅުމެއް ނެތް ތަނެއްކަމަށާއި މިވަގުތު ސްކައުޓް އެސޯސިއޭޝަންގެ އޮނިގަނޑު އޮތް ގޮތުން މިނިސްޓަރަށް އެއްވެސް ރޯލެއް ނެތް ކަމަށާއި މިނިސްޓަރަށް ބާރުތަށް ލިބޭގޮތަށް ހިންގާ ގަވާއިދު އިސްލާހުކޮށް އޮނގަނޑު ބަދަލުކުރަމަށް އެޑުޔުކޭޝަން މިނިސްޓްރީގެ ޕަރމެނެންޓް ސްކެޓްރީ ވިދާޅުވިކަމަށް އެދިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެއެވެ.

މީގެ ކުރިންވެސް ސްކައުޓް އެސޯސިއޭޝަން ވަނީ އެކި އެކި ސަބަބުތަކާއި ހުރެ އެކި ތަންތަނަށް ބަދަލުކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ހިންގަމުން އައި ބަންޑާރަ ވިލާ އޭރުގެ ސަރުކާރުން ނެގުމާއެކު ސަރުކާރުން ވަނީ ބާ ޖަމާލުއްދީން އަށް ބަދަލުވުމަށް އެހީތެރިވެފައެވެ، އަދި ބާ ޖަމާލުއްދީން އިން އެފްއޭއެމް ބިލްޑިންގ އަށް އަދި ކުރީގެ އަރަބިއްޔާ އިމާރާތަށް ވެސް ބަދަލުވީ އޭރުގެ ސަރުކާރު ތަކުން ގިނަގުނަ އެހީތަކެއް ވެގެންކަން ސްކައުޓް ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ފާހަގަ ކުރަށްވައެވެ.

އަދި ހަމަ އެއާއެކު ސަރުކާރާއި އެއްކޮށް މަސައްކަތް ކޮށް ސްކައުޓުންނަށް އެންމެ ރަނގަޅު ގޮތް ހޯދަން މަސައްކަތް ކޮށްދިނުމުގައި މިއަދުގެ ސްކައުޓް ކައުންސިލުން ނުކުޅެދިފައިވާ ކަމަށްވެސް ބައެއް ސްކައުޓް ލީޑަރުން އެކި މަންސަ ތަކުގައި ވަނީ ފާހާގަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0