ދިހަ އަހަރަށްފަހު މަހުލޫފު އެމްޑީޕީއާއި ދުރަށް

ދިހަ އަހަރު ދުވަހު އެމްޑީޕީގައި ޚިދުމަތް ކުރެއްވުމަށްފަހު އެ ޕާޓީން ވަކިވުމަށް ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ނިންމަވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް މަހުލޫފު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރުއަދާކުރާ ކަމަށާއި ރައީސް ޞާލިހު ރާއްޖެ އަށް ގެނެސްދެއްވި ތަރައްގީގެެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް އުފާކުރާ ކަމަށެވެ.
މަހުލޫފު އެމްޑީޕީ ދޫކުރައްވަނީ ދައުލަތުގެ މަޤާމެއް އަދާކުރައްވަން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެގޮތުން އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި "ދައުލަތުގެ މަޤާމެއް އަދާކުރައްވަން" އެމްޑީޕީއާއި ވަކިވުމަށް ބޭނުންވާކަމަށް މަހުލޫފު މެސެޖުކޮށްފައިވާކަމަށް ވެއެވެ.
ރިއެކްޓް



