ސިޔާސީ , ޚަބަރު

މަޖިލިސް މެންބަރުން އެތިބީ ލާރިކޮޅަކަށް ނަފްސު ވިއްކާލާފަ: ރައީސް ޔާމީން

އޮގަސްޓް 22, 2025 - 08:00
 0
މަޖިލިސް މެންބަރުން އެތިބީ ލާރިކޮޅަކަށް ނަފްސު ވިއްކާލާފަ: ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް -- ފޮޓޯ: ވިރާސީ

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ވަރަށް "ޑިސްހޮނަރަބަލް" ބައެއް ކަމަށާއި އެ މެންބަރުން އެތިބީ މަދު ލާރިކޮޅަކަށް ނަފްސު ވިއްކާލާފައި ކަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިއަދުގެ ހާލަތު ހުރިގޮތުން ރައްޔިތުން ހޭލަން ވެއްޖެކަމަށް ވިދާޅުވަމުން ރައީސް ޔާމީންގެ ޕީއެންއެފް އިން ބޭއްވި "ވޭކްއަޕް" އިވެންޓުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ "ބޮޑެތި ބަލާވެރިކަން" ދިމާވެފައިވަނީ އެ މެންބަރުންނާހެދި ކަމަށެވެ. 

"ހާދަހާ ޑިސް އޮނަރަބަލް ބައެކޭ ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ. އެ މީހުން އެދީ އެ މީހުންގެ ނަފްސާއި ރައްޔިތުން ވިއްކާލާފައި ނޫންތޯ. ލާރިކޮޅަކަށް ނަފްސު ވިއްކާލާފައި އެ ތިބީ. ރާއްޖޭގައި މިހިނގާ ހުރިހާ ބޮޑެތި ބަލާވެރިކަން އެ މީހުންނަށް ހެދި ނޫންތޯ އަޅުގަނޑުމެން ތަޙައްމަލުކުރަންޖެހިގެން މި އުޅެނީ." ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ވޯޓަށް ވީމަ މަޖިލިސް މެންބަރުން ވެސް ވަޑައިގަންނަވަނީ ރައްޔިތުންގެ ގާތަށް ކަމަށާއި އެތައް ކަމެއް ކޮށްދޭނެކަމަށް ވަޢުދުވުމަށްފަހު ވިކިގެންދަނީ ފަންސާހަކަށްހާސް ރުފިޔާއަށް ކަމަށެވެ.

"އެކަމަކު ހަމަ ފަންސާހަކަށް ހާސް ރުފިޔާ ދިނީމަ. އެތިބެނީ އަޅުންނަށް ވެފައި. ކޮބައިތޯ ކުކުޅު ކޮށްޓަށް އަޅާ ކާނާކޮޅާ މި މީހުންނަށް ތަފާތީ ކޮބައިތޯ؟" ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަށް އަޅުވެތިވެފައި ތިބިކަމަށް ސިފަކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

މިރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންއެފްގެ މި ހަރަކާތުގައި ޔާމީން ވަނީ ސަރުކާރާއި ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0