ސިޔާސީ , ޚަބަރު

ފައްޔާޒްގެ ރިޔާސީ ކެމްޕޭނަށް ރައީސް ނަޝީދު ގުޅިވަޑައިގެންފި

ޖުލައި 22, 2025 - 20:38
ޖުލައި 22, 2025 - 21:11
 0
ފައްޔާޒްގެ ރިޔާސީ ކެމްޕޭނަށް ރައީސް ނަޝީދު ގުޅިވަޑައިގެންފި
ރައީސް ނަޝީދު އަދި ފައްޔާޒް އިސްމާޢީލް -- ފޮޓޯ: ވިރާސީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިޢުލާންކޮށްފައިވާ އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްގެ ކެމްޕޭން ހަރަކާތްތަކާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގުޅިވަޑައިގެންފިއެވެ.

މިގޮތުން ރައީސް ނަޝީދު ވަނީ މިރޭ އޯޓީޕީ (ހެންވޭރުގެ ކެފޭއެއް) ގައި ފައްޔާޒްގެ ކެމްޕޭން ޓީމާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލު ވުމުގައި 250 އެއްހާ މީހުން ބައިވެރިވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މިގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު (އިބޫ) ވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ.

ފައްޔާޒު އަކީ ރައީސް އިބޫއަށް އެންމެ ފަހުން ބޭއްވުނު ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށްދިނުމުގެ އެންމެ އިސް މޭސްތިރިއެވެ. އަދި ރައީސް ނަޝީދަކީ ރައީސް އިބޫއަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ޚުދު ރައީސް އިބޫވެސް ވަނީ ސިފަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 8
ސަކަރާތް ސަކަރާތް 5
ލޯބި ލޯބި 1
މަޖާ މަޖާ 3