ޑަބްލިއުޑީސީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރައްވަން ރައީސް ނިންމަވައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބަޖެޓް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން ގެންނަވާ ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ..
ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑަބްލިއުޑީސީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ދެ މުހިންމު ބަދަލެއް ގެންނަވާ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލްގެ ބަޖެޓުން ދެމުން ގެންދިޔا 5 އިންސައްތަ 10 އިންސައްތައަށް ބޮޑުކުރެއްވުމާއި، ރަމަޟާން މަހުގެ އެލަވަންސް ކޮމިޓީގެ ބަޖެޓުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން ދެއްވުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ ޑަބްލިއުޑީސީ މެންބަރުންނަށް އެލަވަންސްގެ ބަދަލުގައި ރަސްމީ މުސާރައާއި ރޯދަމަހުގެ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސަވާފައެވެ. މި ގޮތުން، މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ބޭއްވި ޖަލްސާގައި ރައީސް އިއުލާން ކުރެއްވީ، މިދިޔަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށެވެ.
މި އިސްލާހުތަކުގެ ދަށުން، ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުއިއްޒު ވަނީ އަންހެނުން ބާރުވެރި ކުރުވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރަކާއި ޒިންމާއެއް ކަމުގައި ވިދާޅުވެފައެވެ.
ރިއެކްޓް



