ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފުލުހުންނަށް ގުޅައި ހުރި ތަން ކިޔައިދީފި

ސެޕްޓެމްބަރު 5, 2025 - 19:16
 0
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފުލުހުންނަށް ގުޅައި ހުރި ތަން ކިޔައިދީފި
ފޮޓޯ: ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ބ. ކެންދޫ / މަންޒިލް، ޝަހުމުﷲ ސާޖިދު (33 އަހަރު) ފުލުހުންނަށް ގުޅައިފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ޝަހުމުﷲ ފުލުހުންނަށް ގުޅައި އޭނާ ހުރީ އަތޮޅުތެރޭގެ ރަށެއްގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.

ޝަހުމުﷲ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަހުމުالله ގެ ފޯނުގެ ލޮކޭޝަން ދައްކަނީ ބ. ކެންދޫ އިން ކަމުގައި ވިޔަސް އޭނާ ހުރީ އެރަށުގައި ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އާއިލާގެ ފަރާތުން ހާމަކުރި ގޮތުގައި، ޝަހުމުﷲ އަކީ ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ ފަރާތެކެވެ. ދިރިއުޅުމުގައި ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން އޭނާ ވަނީ ޑިޕްރެޝަނަށް ގޮސްފައެވެ. ގެއްލުމުގެ އެއް ދުވަސް ކުރިން އޭނާ ވަނީ އޮފީހުގެ މުވައްޒަފުންނާއި ރައްޓެހިންނަށް މެސެޖްކޮށް، އެއްވެސް ކުށެއް ކުރެވިފައިވާނަމަ މަޢާފަށް އެދިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0