ޚަބަރު

ސަރުކާރުން ބޭއްވި މީޑިއާ ފޯރަމަށް އެސްއޯއީތަކުގެ މުވައްޒަފުން ހާޒިރުވުމަށް އެންގި

ސެޕްޓެމްބަރު 15, 2025 - 22:44
ސެޕްޓެމްބަރު 15, 2025 - 22:47
 0
ސަރުކާރުން ބޭއްވި މީޑިއާ ފޯރަމަށް އެސްއޯއީތަކުގެ މުވައްޒަފުން ހާޒިރުވުމަށް އެންގި
މިރޭ ބޭއްވި "މީޑިއާ ފޯރަމް" ގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް ލައިވް

މިރޭ "މީރުމާ" ހޮޓަލުގައި ސަރުކާރުގެ އިސްފަރާތްތަކާއި ސިޔާސީ މުވައްޒަފުން އިސްނަގައިގެން ބޭއްވި "މީޑިއާ ފޯރަމް" އަށް ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުގެ މުވައްޒަފުން ހާޒިރުވުމަށް އެންގިކަން "ވިރާސީ" އަށް ކަށަވަރުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ފާސްކުރި މީޑިއާ ކޮންޓްރޯލްކުރާ ބިލާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ފޯރަމަށް ހާޒިރުވުމަށް އަންގައި ސަރުކާރު ހިއްސާވާ 3 ކުންފުންޏެއްގެ ސްޓާފް ގްރޫޕަށް ފޮނުވާފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓް "ވިރާސީ" އަށް ވަނީ ލިބިފައެވެ.

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދުވެސް ބައިވެރިވެވަޑައިގަތް މި ފޯރަމަކީ "ހަމައެކަނި ދަޢުވަތު ދެވިފައިވާ" ފަރާތްތަކަށް ޚާއްސަ ފޯރަމެކެވެ. މިކަން ކަށަވަރު ކުރުމަށް "ވިރާސީ"ގެ ނިއުސްޓީމުން މީރުމާއަށް ދިއުމުން އެ ހޮޓަލުގެ ބޭރު ދޮރާއި ހަމައިން "ވިރާސީ" ޓީމު ވަނީ ހުއްޓުވާފައެވެ. އެތަނުގައި ހުރި ބޭފުޅަކު ވިދާޅުވީ އެ ފޯރަމަކީ "ޕްރައިވެޓް އިވެންޓެއް" ކަމަށެވެ.

މި ފޯރަމް ޓެލެވިޒަން މޯލްޑިވްސް އިން ލައިވްކޮށް ދައްކަމުން ދިޔައިރު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ މި ފޯރަމުގައި މީޑިއާ އާއި ގުޅޭ ގޮތުން ބޭނުން ސުވާލެއް ކުރެވޭނެ ކަމަށާއި "އަންފިލްޓާރޑް" ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ މި ފޯރަމަކީ "ފިލްޓަރޑް" ނުވަތަ ވަކި ޚިޔާލެއް ފާޅުކުރުމަށް އިރުޝާދު ދެވިފައިވާ ފޯރަމެއް ކަމެވެ.

މިރޭގެ ފޯރަމުގައި ބައިވެރިވީ ގިނަ ބައިވެރިންނަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0