ޚަބަރު

ކޮލަމާ ބޯޓުގެ ކެޕްޓަން ސައީދުގެ ހަށިގަނޑު ފެނުނުއިރު ވަނީ ނިޔާވެފައި

ސެޕްޓެމްބަރު 1, 2025 - 19:12
 0
ކޮލަމާ ބޯޓުގެ ކެޕްޓަން ސައީދުގެ ހަށިގަނޑު ފެނުނުއިރު ވަނީ ނިޔާވެފައި

ކޮލަމާ ބޯޓު ގެއްލިގެން ހޯދަމުންދަނިކޮށް، މިއަދު މެންދުރު ފަހު ގއ. އެކެފަރު ސަރަހައްދުން ފެނުނު އިރު، އެ ބޯޓުގެ ކެޕްޓަން އާދަމް ސައީދު (66 އަހަރު) ވަނީ ނިޔާވެފައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބޯޓު ފެނުނީ މެންދުރު 1:15 ހާއިރުއެވެ. އަދި ކެޕްޓަން ސައީދުގެ ހަށިގަނޑު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

"ވިރާސީ" އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ބޯޓުގެ ޕަމްޕްގެ މައްސަލައެއް ދިމާވުމާ ގުޅިގެން ސައީދު އިންޖީނު ރޫމަށް ފައިބައި، އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. ސައީދުގެ ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިއްޔަށް ގެންގޮސްފައެވެ.

މި ބޯޓު އެންމެ ފަހުން ޖައްސާފައިވަނީ ލ. އަތޮޅުގެ ރަށެއްގައެވެ. އެރަށުން ރޭގެ 10:00 ގައި ހުވަދު އަތޮޅަށް ދަތުރު ފަށައި، އޭގެ ފަހުން ބޯޓު ގެއްލުނީއެވެ. ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ގައެވެ.

ކޮލަމާފުށިން "ވިރާސީ" އަށް މަޢުލޫމާތުދިން މީހަކު ބުނިގޮތުގައި ސައީދަކީ ބޯޓު ދަތުރުކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު ކެޕްޓަނެކެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0