ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަމަހު ތިރީސް މީހުން ޖޫރިމަނާކޮށްފި

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހުގެ ތެރޭގައި 30 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހުގެ ތެރޭގައި ވޭޕާ ގުޅުންހުރި ޖުމްލަ 11 މައްސަލައެއް ބަލާފައިވެއެވެ. މީގެ ތެރޭގައި ވޭޕް ގެންގުޅުނު 4 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލަ ހިމެނެއެވެ.
ޖޫރިމަނާ ކުރެވުނު 30 މީހުންގެ ތެރޭގައި ވޭޕް ބޭނުންކުރި 14 މީހުންނާއި ވޭޕް ގެންގުޅުނު 16 މީހުން ހިމެނެއެވެ. ވޭޕް ބޭނުންކުރި މީހުން ޖޫރިމަނާގެ ގޮތުގައި ޖުމްލަ 85,000 ރުފިޔާ އިން ޖޫރިމަނާކުރެވުނު އިރު، ވޭޕް ގެންގުޅުނު މީހުން 65,000 ރުފިޔާ ޖޫރިމަނާކުރެވުނެވެ.
ދިވެހިރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުމާއި އަދި ބޭނުންކުރުމަކީ މަނާކަމެކެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާއާއި އެކި ވަރުގެ އަދަބު ކަނޑައެޅިފައިވެއެވެ.
ފުލުހުން މިފަދަ މައްސަލަތައް ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށާއި، މި މައްސަލަތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޓް



