ޚަބަރު

އުކުޅަހުގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ސެޕްޓެމްބަރު 1, 2025 - 11:05
 0
އުކުޅަހުގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

އުކުޅަހުގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 22:20 ހާއިރުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ހަމަލާ ދިން ފަރާތަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 26 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހަމަލާދިން ޒުވާނާއަކީ ފުރާވަރުން ފެށިގެން ސިކުނޑި ހަމަނުޖެހޭ ފަރާތެއް ކަމަށާއި، ގަވާއިދުން އިންޖެކްޝަން ޖަހަންޖެހޭ ފަރާތެކެވެ. "ފަހަކަށް އައިސް މި އިންޖެކްޝަންތައް ޖެހުމަށް އޭނާ ދެކޮޅު ހަދަމުންދާތީ މިމަހު އޭނާ ޖަހަން ޖެހޭ އިންޖެކްޝަން ނުޖަހާ ލަސްވި," ކަމަށް އެރަށުން މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި ފަރާތަށް ފުރަތަމަ ފަރުވާދެވުނީ އުކުޅަހު ސިއްހީ މަރުކަޒުގައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެވުނު ނަމަވެސް، އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، ފަހުން ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0