ޚަބަރު

ރިސޯޓެއްގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހަދަނީ

އޮގަސްޓް 30, 2025 - 13:03
 0
ރިސޯޓެއްގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހަދަނީ

ބ. އަތޮޅުގެ ރިސޯޓެއްގައި ނިޔާވެފައި އޮއްވާ ފެނުނު 21 އަހަރުގެ ދިވެހި ޒުވާނެއްގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީއެއް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނިގޮތުގައި ގޮތުގައި، މި މަހުގެ 23 ވަނަ ދުވަހު ބ. އަތޮޅުގެ ރިސޯޓެއްގައި ދިވެހި ޒުވާނަކު ނިޔާވެފައިވާ މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ތަހުގީގު ޓީމުން ވަނީ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައާއޮ ގުލޭގޮތުން ނިޔާވި މީހާގެ އާއިލާގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އާއިލާއިން ބުނި ގޮތުގައި ނިޔާވި މީހާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އއިލާއިން ބޭނުންނުވާކަމަށާއި ވަޅުލުމަށް ފުލުހުން ފުރުސަތު ދީފައިނުވާ ކަމަށެބވެ.

ރާއްޖޭގެ ރިސޯޓުތަކުގައި މިފަދަ ހާދިސާތައް ހިނގުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. މިފަދަ ހާދިސާތަކުގައި އާންމު އުސޫލުން ފުލުހުން ތަހުގީގު ކުރިއަށްގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި، އަދި ހުރިހާ އެންގަލްއަކުން މައްސަލަ ބަލައިގެންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލުތައް ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0