ޚަބަރު

އަބްދުއްރަހްމާން މަރާލިކަމަށް ތުހުމަތުކުރެވޭ އާޝިދުގެ ބަންދަށް އިތުރު 30 ދުވަ

އޮގަސްޓް 28, 2025 - 14:01
 0
އަބްދުއްރަހްމާން މަރާލިކަމަށް ތުހުމަތުކުރެވޭ އާޝިދުގެ ބަންދަށް އިތުރު 30 ދުވަ

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ 22 އަހަރުގެ މުހައްމަދު ވިޝާމް، 27 އަހަރުގެ އަހުމަދު ފާރިސް އަދި 27 އަހަރުގެ އަހުމަދު އާޝިދެވެ. މި ތިން މީހުން އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް އާޝިދުގެ ބަންދަށް އޭރު ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ.

އާޝިދުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ އޭނާ އަނެއްކާވެސް ކޯޓަށް ހާޒިރުކުރެވުނެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާޒިރުކުރުމުގައި ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް އިތުރުކޮށްދީފައެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، މިދިޔަ ޖުލައި 13 ވަނަ ދުވަހުގެ ރޭ 65 އަހަރުގެ އަބްދުއްރަހްމާން ވަނީ އޭނާގެ ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރާލެވިފައި އޮއްވާ ފެނިފައެވެ. އެންމެ ފުރަތަމަ އޭނާ ފެނުނީ އޭނާގެ އަނބިކަނބަލުން ނާޒިމާއަށެވެ. އޭގެ ފަހުން އެރަށުގެ އިތުރު ފަރާތްތަކަށްވެސް އަބްދުއްރަހްމާން ފެނިފައިވާކަމަށް ވެއެވެ.

ފުލުހުންގެ ފަރާތުން ހާމަކުރައްވާފައިވާ ގޮތުގައި، އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު މިހާރު ވަނީ ވަޅުލެވިފައެވެ. އަދި އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކާގޮތުގައި އޭނާ ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0