ޚަބަރު

ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

އޮގަސްޓް 25, 2025 - 14:08
 0
ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 1 އިން ގިނަ އަދަދެއްގެ ބަނގުރަލާއެކު އިންޑިއާ ރައްޔިތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 28 އަހަރުގެ ފަސަލު ރަޙްމާން މަޓުމަލް ގެ އަތުން 144 ދަޅު ބަނގުރާ ވަނީ ފެނިފައެވެ.

ހުޅުމާލޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ޕިކަޕެއް ހުއްޓުވުމަށް އިޝާރާތްކުރުމުންނާއި ބަރުގޮނު އެޅުމުންވެސް މަޑުނުކުރުމާ ގުޅިގެން، އެ ވެހިކަލް ފަހަތުން ދުއްވާ ހުއްޓުވާލަން ޖެހުނު ކަމަށާއި އޭރު އެ ޕިކަޕް ދުއްވަމުން ގޮސްފައިވަނީ ޒިގްޒެގްކޮށް އެކި މަގުތަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރު ކުރެވުނު އިންޑިއާ މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. އޭނާގެ އަތުން ފެނުނު ބަނގުރާ ހުރީ ވެހިކަލް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0