ޚަބަރު

ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ މިނިވަންކަމެއް ނޫން: ރައީސް

އޮގަސްޓް 24, 2025 - 13:34
 0
ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ މިނިވަންކަމެއް ނޫން: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހިތަށް އަންނަހާ އެއްޗެއް ބޭރުކޮށް، ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ މިނިވަންކަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އުތީމުގައި މިއަދު ބޭއްވުނު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް އަމާންކަމާއެކު ގައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ވިސްނަންޖެހޭ ކަންކަން ބަލަންޖެހޭ ކަމަށެވެ.

"އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ. އެހެންވީމަ އަތާއީ ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ޒުވާނުންނަކީ ގައުމު ރަނގަޅު މިސްރާބަށް ގެންދިޔުމަށް ތިބި ބައެއް ކަމަށާއި ދިވެހިވަންތަކަން ރައްކާތެރިކަމާއި ހިމާޔަތްތެރިކަމާއެކު ފޯރުކޮށްދޭން ތިބީ ޒުވާނުންނެވެ.

ގައުމިއްޔަތު ދިރުވާ އާލާކުރާ އިރު އެކަންކަމަށް ވިސްނަންޖެހޭ ކަމަށާއި ގައުމިއްޔަތަކީ ދިވެހި ބަހަށް، ދީނަށް، ރީތި އާދަތަކަށް ހުރުމަތްތެރިކޮށް ހިތާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން، އަނެކާގެ މިނިވަންކަމަށް އަރައިގަތުމަކީ ތިމާގެ ހައްގު ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0