އައިޓިއެފް މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑަލް

މިހާރު މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕެންގެ އަންހެން ޑަބަލްސް އިވެންޓުގެ ގޯލްޑް މެޑަލް ރާއްޖޭގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އާރާ އާސަލް އާޒިމްގެ ޕެއާ ހޯދައިފި އެވެ.
އިއްޔެ ކުޅުނު އަންހެން ޑަބަލްސް ފައިންލްގައި އާރާ އާއި ޕާޓްނަރު ޓަރިޓާ ހޮންގްސްޔޮކް މެޗު ކާމިޔާބު ކުރީ 2-6 އަދި 1-6 އިން ފަސޭހަކަމާއި އެކުގަ އެވެ. މި ކާމިޔާބީއާއި އެކު އާރާ ވެގެންދިޔައީ އައިޓީއެފް މުބާރާތެއްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތްލީޓަށެވެ.
މި މުބާރާތުގެ އަންހެން ފައިންލަގައި ރާއްޖޭގެ ނަބާ ވަނީ ކުޅެފަ އެވެ. އަދި ފިރިހެން ޑަބަލްސް ސެމީ ފައިނަލުން ރާއްޖޭގެ ނޫހު އަދި ދާއޫދުގެ ޕެއާވަނީ ބަލިވެފަ އެވެ.
މި މެޑަލަކީ މިދިޔަ 9 މަސްތެރޭގައި އާރާ ހޯދި ބައިނަލްއަގްވާމީ 3 ވަނަ ރަން މެޑަލެވެ. މީގެކުރިން އާރާ ވަނީ ރާއްޖޭގައި ކުޅުނު އޭޓީއެފް މުބާރާތްތަކުންވެސް ރާއްޖެއަށް ރަން މެޑަލް ހޯދާފަ އެވެ.
ރިއެކްޓް



